Thursday, December 27, 2007

Maldives Police Service...1step forward


މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމާންޑް ސެންޓަރުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކޮމާންޑް ސެންޓަރ އޮޕަރޭޝަން ރިފްރެސަރސް ޓްރޭނިން ކޯހެއް ފެށިއްޖެއެވެ. މިދިޔަ ހޯމަދުވަހުން ފެށިގެން 01 މަސްދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގައި ކިޔަވައިދެއްވަނީ މިދާއިރާއިން ތަޖުރިބާ ލިބިގެން ތިބި ފުލުހުންނެވެ.
މިކޯހުގައި ކިޔަވައިދޭ ބައިތަކުގެތެރޭގައި ކަސްޓަމަރ ރިލޭޝަން، އިފެކްޓިވް ކޮމިއުނިކޭޝަން، ޓީމް ބިލްޑިންގ، ޓެލެފޯން އެޑިކޭޓް ، ހިއުމަން ރައިޓްސް އަދިި ރޭޑިޔޯ ކޮމިއުނިކޭޝަން އާއި ޕޮލިސް މެނޭޖްމަންޓް ސިސްޓަމް ފަދަ ބައިތައް ހިމެނެއެވެ.
މިކޯހުގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި ޕޮލިސް ކޮމާންޑް ސެންޓަރަކީ ޓެކްނޮލީގެ ގޮތުން ބަލާއިރު ވަރަށް ސިސްޓަމެޓިކް ތަނަކަށްވުމާއެކު އެތަނުގައި މަސައްކަތްކުރާ ފުލުހުންގެ ފެންވަރު ރަގަނޅުކުރުމެވެ. އެގޮތުން ޢާއްމު ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުންވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅުމުން އެންމެ ފުރަތަމަ އެފޯނުތަކަށް ޖަވާބުދާރީވާން ޖެހޭ ތަނަކީ ޕޮލިސް ކޮމާންޑް ސެންޓަރުކަމަށް ވުމާއެކު ފޯނުތަކަށް ޖަވާބުދާރީ ވުމުގެ ފެންވަރު ރަނގަޅުކޮށް ޢާއްމުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުން މިކޯހުގެ އެންމެ މުހިންމު ބައިތަކުގެތެރޭގައި ހިމެނެއެވެ.
ޖުމްލަ 10 ބައިވެރިން ހިމެނޭ މިކޯހަކީ މިއީ މިގޮތުން ހިންގޭ ފުރަތަމަ ބުރެވެ.